ދެ އަހަރު ދުވަހުގެ ހަމަނުޖެހުމަށްފަހު ސޫދާންގެ މިލިޓަރީން އެޤައުމުގެ ރިޔާސީ ގަނޑުވަރު ހިފައިފިއެވެ.
ސޫދާންގެ ދައުލަތުގެ މީޑިއާއިންނާއި މިލިޓަރީން ބޭރުގެ ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ޤައުމުގެ މިލިޓަރީން، ޚަރްތޫމްގައި ހުރި ރިޔާސީ ގަނޑުވަރު ހިފާފައި މިވަނީ މިއަދުގެ ވަގުތެއްގައެވެ. އަދި މިއީ ޤައުމަށް ބޮޑެތި ނޭދެވޭ ބާދަލުތަކެއް ގެންނާނެކަމަށް ބުނެ ސަރުކާރުން ދައްކާފައިވާ ބިރާ ގުޅިގެން ދެ އަހަރު ވަންދެން އުފެދިފައިވާ ހަމަނުޖެހުމުގެ ސަބަބުން ނެގި ފިޔަވަޅެއް ކަމުގައިވެސް ރިޕޯޓުތަކުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސޫދާންގެ މިލިޓަރީން ރެއިން ފެށިގެންވަނީ ރިޔާސީ ގަނޑުވަރު ހުންނަ ސަރަހައްދުގައި ބަލައިފާސް ކުރުމުގެ އޮޕަރޭޝަންތަކެއް ހިންގާފައެވެ. މިއީ ރެޕިޑް ސާވިސް ފޯސަސް (އާރްއެސްއެފް) ގްރޫޕްގެ ޕެރަމިލިޓަރީ އޮފިސަރުން އެ ސަރަހައްދުގައި ތިބިތޯ ބެލުމަށް ހިންގި އޮޕަރޭޝަނެއް ކަމުގައިވެސް ރިޕޯޓުތަކުން ބުނެއެވެ.
ސޫދާންގެ މިލިޓަރީން ބުނި ގޮތުގައި އެމީހުންވަނީ ރިޔާސީ ގަނޑުވަރުގެ އިތުރުން އެ ޤައުމުގެ މިނިސްޓްރީތައްވެސް ހިފައިފައެވެ. މިއީ ސޫދާންގެ ސަރުކާރާއި އެ ޤައުމުގެ މިލިޓަރީ އަދި ޕެރަމިލިޓަރީ އޮފިސަރުންނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުން ހުއްޓުވުމަށްޓަކައި ކުރިއަށް އެޅި ފިޔަވަޅެއް ކަމުގައިވެސް ރިޕޯޓުތަކުން ބުނެފައިިވެއެވެ.
މިކަމާ ގުޅިގެން އާރްއެސްއެފްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ސޫދާންގެ ޕެރެމިލިޓަރީ ގްރޫޕުން 2023 ވަނަ އަހަރު އުފެދުނު ހަމަނުޖެހުމެއްގައި ވަނީ ރިޔަސީ ގަނޑުވަރާއި އެ ޤައުމުގެ ވެރިރަށުުވެސް ބޮޑުބައެއް ޙިޞާރުކޮށްފައެވެ.
ނަމަވެސް ފާއިތުވީ މަސްތަކުގައި ސޫދާންގެ އަސްކަރިއްޔާއިން ވަނީ ރޭވުންތަކެއް ރާވައި، ވެރިކަން އަނބުރާ ހޯދުމަށް ފިޔަވަޅުތަކެއް އަޅާފައެވެ.



