އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ ގއ. ވިލިނގިލީ ބްލޫހައުސް، މުއުމިނާ ސަޢީދާ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެންމެ ވިދާޅުވީ ޒަމްޒަމް ކޮމްޕެނީގެ ޙަވާލުގައި އުމްރާއަށް ވަޑައިގެންނެވި، ގއ. ވިލިނގިލީ ބްލޫހައުސް، މުއުމިނާ ސަޢީދާ ނިޔާވެފައިވާ ކަމަށެވެ.
އެގޮތުން އޭނާ ނިޔާވެފައި ވަނީ މިރޭގެ ވަގުތެއްގައި މައްކާގައި ކަމަށް ޒަމްޒަމް ކުންފުނީގެ ފަރާތުން އިސްލާމިކް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.




