އއ. ރަސްދޫގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެމަފިރިއަކު ވަރަށް ބޮޑަށް ފިހިއްޖެްއެވެ.
އެނގިފައިވާ ގޮތުގައި މި ހިދާސާ ހިނގާފައިވަނީ ގެއެއްގެ ކޮޓަރީގައެވެ. އެވަގުތު އެ ދެމަފިރިން ތިބީ ނިދާފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ރަސްދޫ ގެއެއްގައި ހިނގި މި އަލިފާނުގެ ހާދިސާގައި އަންހެން މީހާގެ ހަށިގަނޑުގެ %90 ފިހިފައިވާ ކަމަށާއި ފިރިހެން މީހާގެ ވެސް ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވެއެވެ.
އެނގިފައިވާ ގޮތުގައި އެ ދެމަފިރިންގެ ކުޑަކުއްޖެއް ވެސް ހުރެއެވެ. ނަމަވެސް، އެ ކުއްޖާ އެ ވަގުތު ކޮޓަރީގައި ނެތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާގައި ފިހުނު ދެމަފިރިން މިހާރު ވަނީ އެމަޖެންސީގައި މާލެ ގެނެސް، ފަރުވާދޭން ފަށާފައެވެ. އަދި އިތުރު ފަރުވާ ދިނުމަށް އެމީހުން ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބު އަދި އެނގިފައެއް ނުވެއެވެ.



