ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑަސްބިން ބޭގްތަކެއްގައި ފުލުހަކު ސިނގިރޭޓު ކާޓޫނުތަކެއް ނެރެނިކޮށް މޯލްޑިވްސް ކަސްޓަމްސް އިން ހިފަހައްޓައިފިއެވެ.
ކަސްޓަމްސް އިން މިރޭ ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ޓަރމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް ކަސްޓަމްސް އިން ޗެކް ކުރި އިރު، ސިނގިރެޓް ކާޓަން ތަކެއް ފެނުނު މައްސަލައެއް ތަހުޤީޤުކުރަމުން އަންނަ ކަމަށެވެ.
މިކަމުގެ މާ ބޮޑު ތަފްސީލެއް ކަސްޓަމްސް އިން ހާމަކޮށްފައި ނުވި ނަމަވެސް ”ސައުވީސް“ އަށް އެނގިފައިވާ ގޮތުގައި އެ ތަކެތި ނެރެން އުޅުނީ ފުލުހެކެވެ.
އަދި މި މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.



