ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އެ ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު ހަމަޖައްސަވައިފިއެވެ.
މީގެ ކުރިން ޖޭއެސްސީގައި ސްޕްރީމް ކޯޓު ތަމުސީލުކުރެއްވީ އެ ކޯޓުން ދާދިފަހުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއްސުޢޫދެވެ.
ސުއޫދު އިސްތިއުފާ ދެއްވުމާއެކު މަޖިލީހުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދުގެ ނަން ފާސްކުރެއްވުމުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަނު ކުރައްވާފައި ވަނީ މި މަހުގެ19 ވަނަ ދުވަހުއެވެ.
އެމަޤާމަށް އައްޔަނު ކުރެެއްވުމާއި ހަމައަށް ޝަހީދު ހުންނެވީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމުގައެވެ. ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.
އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލް.އެލް.ބީ ޙާޞިލުކުރައްވާފައެވެ.




