ހއ. އުލިގަމުގައި މޯލްޑިވްސް އިމިގްރޭޝަންގެ އައު އޮފީސް އިމާރާތެއް އަޅަން މޯލްޑިވްސް ކޮންސްޓްރަކްޝަން ކަމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.
އުލިގަމުގައި އިމިގްރޭޝަނުގެ އައު އޮފީސް އިމާރާތެއް ތަރައްޤީކުރެވުމުން އެ ރަށުގައި ދޭ އިމިގްރޭޝަންގެ ޚިދުމަތްތައް ފުޅާވެ، އޮޕަރޭޝަންތައް އިތުރުވާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
މީގެ އިތުރުން ޚިދުމަތް ލިބިގަތުމުގެ ފަސޭހަކަން އިތުރުވާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.
އިމިގްރޭޝަނުން ބުނީ އުލިގަމުގައި ހުންނަ އިމިގްރޭޝަންގެ އޮފީހުން މިހާރު ދެނީ ހަމައެކަނި ސީޕޯޓުގެ ހިދުމަތް ކަމަށެވެ.
އެހެން ނަމަވެސް އައު އިމާރާތް ތަރައްޤީކުރެވުމުން ޕާސްޕޯޓާއި ވިސާގެ ހިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވި، އިހަވަންދިއްޕޮޅުގައި އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ތަރައްގީވެގެންދާނެ ކަމަށް އިމިގްެރޭޝަނުން ބުނެއެވެ.
އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިނ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު (ރިޓަޔާޑް) ޑީސީޕީ އަހްމަދު ސައުދީއެވެ. އިމިގްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން (ރިޓަޔާޑް) ޗީފް އޮފް ޕޮލިސް އަހްމަދު ފަސީހް އެވެ.



