ސެލެޑަކީ ހަށިގަނޑަށް ފައިދާ ހުރި ކާނާއެއްނަމަވެސް، މިއީ ގިނަ މީހުން އެހާ ކާހިތްވާ އެއްޗެއް ނޫނެވެ. ޚާއްސަކޮށް ހަމައެކަނި ހުސް ތަރުކާރީ އަޅާފައި ހުންނަ ސެލެޑެއްނަމަ، ގިނަ ދިވެހީންނަށް ކަމުނުދެއެވެ.
އެހެންކަމުން މިފަހަރު މި ކިޔައިދެނީ، ތަރުކާރީގެ އިތުރުން ކުކުޅާއި ޕާސްތާ ވެސް އަޅައިގެން ތައްޔާރު ކޮށްލެވޭ މީރު ސެލެޑެއްގެ ވާހަކައެވެ.
ބޭނުންވާނެ ތަކެތި:
° ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)
° ލޮނު
° ½ 1 ޖޯޑު އަގްނޭސީ ހޯލް ވީޓް ޕެނޭ ޕާސްޓާ
° ¼ ޖޯޑު އޮލިވް އޮއިލް
° ½ ބޮޑު ލުނބޯ
° 2 ސައިސަމުސާ މަސްޓަޑް ކްރީމް
° 2 ސައިސަމުސާ މާމުއި
° 1 ލޮނުމެދު (ޗަސްކޮށްލާފައި)
° ¼ ސައިސަމުސާ ލޮނު
° ½ ސައިސަމުސާ އަސޭމިރުސް
° ½ ސައިސަމުސާ ތެޅި މިރުސް
° 1 ޖޯޑު ކޮށާފައި ހުރި ލެޓިޔުސް
° 1 ޖޯޑު ތުނިކޮށް ކޮށާފައިހުރި ކިޔުކަމްބަރ
° ½ ޖޮޑު ޗެރީ ޓޮމާޓޯ (ދެފަޅި ކޮށްފައި)
° ½ ޖޯޑު ކޮށާފައިހުރި ބެލް ޕެޕަރ
° ½ ފިޔާ
° 1 ޖޯޑު ކައްކާފައި ހުރި ކުކުޅު ކިއުބްސް
° ¼ ޖޯޑު ގާނާފައިހުރި ޕާމެސަން ޗީޒް
ތައްޔާރުކުރާނެ ގޮތް:
° އެންމެ ފުރަތަމަ ތެޔެއްގައި ފެން ފޮދެއް ކައްކާލުމަށްފަހު އޭގެ ތެރެއަށް ކުކުޅުކޮޅު އަޅައި ރޯފިލަންދެން ކައްކާލުމަށްފަހު، އޭގެތެރެއަށް ލޮނު އަޅައި ޕާސްޓާކޮޅު ފެނު ކައްކާށެވެ. ކެކުނީމައި ކުކުޅާއި ޕާސްޓާކޮޅު ފުރާނާލާފައި ބަހައްޓާލާށެވެ.
° ދެން ކުޑަ ބޯތަށްޓެއްގެ ތެރެއަށް އޮލިވް އޮއިލް، ބޮޑު ލުނބޮލުގެ ހުތް، މަސްޓަޑް ކްރީމް، މާމުއި، ޗަސްކުރި ލޮނުމެދު، ލޮނު، އަސޭމިރުސް އަދި ތެޅި މިރުސް އަޅައި ރަނގަޅަށް އެއްކޮށްލައި، ސެލެޑް ޑްރެސިންގް ހަދާށެވެ.
° އެއަށްފަހު ކިޔުކަމްބަރއާއި ފިޔާ ތުނިކޮށް ކޮށާލައި، ޗެރީ ޓޮމާޓޯ ކޮޅު ވެސް ދެފަޅިއަށް ކޮށްލާށެވެ. އަދި ލެޓިޔުސްކޮޅު ކޮށާލާފައި ބެލް ޕެޕަރކޮޅު ހަފާލައިގެން ކެވޭނެ ވަރުގެ އެތިކޮޅު ތަކަކަށް ވާވަރަށް ކޮށާލާށެވެ.
° ދެން ކައްކާފައި ހުރި ޕާސްޓާކޮޅު ބޮޑު ބޯތަށްޓަކަށް އަޅާށެވެ. އަދި ލެޓިޔުސް، ކިޔުކަމްބަރ، ޗެރީ އޭގެ ތެރެއަށް ޓޮމާޓޯ، ބެލް ޕެޕަރ، ފިޔާ އަދި ޕާމެސާން ޗީޒް އަޅާށެވެ. ދެން ސެލެޑް ޑްރެސިންގްކޮޅު ބޯތަށްޓަށް އަޅައި ހުރިހާ އެއްޗެއް އެއްކޮށްލީމައި އެނިމުނީއެވެ.




