ހުޚުމާލޭ ފޭސް 1 ގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާލުވީ، އަލިފާން ރޯވެފައިވަނީ ޝަވަރްމަޝީ ފާސްޓް-ފުޑް ރެސްޓޯރަންޓުގެ ބަދިގޭގައި ކަމަށެވެ.
މިހާރު އަލިފާންގަނޑު ނިއްވާލައިފި ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމަށް އަދި މައުލޫމާތު ލިބިފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅޭގޮތުން އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.



