ނިމިދިޔަ ރަމަޟާން މަހުގެ ފަހު ރޯދައިގައި ކަރަންޓު ބޭނުންކުރި މިންވަރު މާލެ ސަރަހައްދުގައި އިތުރުވެފައިވާ ކަމަށް ސްޓެލްކޯގެ ތަފާސް ހިސާބުތަކުން ދައްކާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
އެ ކުންފުނިން އާންމު ކުރި ހިސާބުތަކުން ފެންނަ ގޮތުގައި ރޯދަމަހުގެ ފަހު ދުވަސް ކަމުގައިވި މި މަހުގެ 29 ވީ ހޮނިހިރު ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ވަގުތުގައި 103،801 ކިލޯވޮޓުގެ ކަރަންޓު ބޭނުންކޮށްފައިވާ ކަމަށެވެ.
އެއީ އޭގެ ކުރީ ހުކުރު ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ވަގުތަށްވުރެ އިތުރު އަދަދެއް ކަމުގައިވެސް ސްޓެލްކޯގެ ހިސާބުތަކުން ދައްކައެވެ. އެ ދުވަހު އެންމެ ގިނައިން ބޭނުންކުރި ވަގުތު ބޭނުންކުރީ 98،778 ކިލޯވޯޓުގެ ކަރަންޓެވެ.
ސްޓެލްކޯގެ ހިސާބުތަކުން ފެންނަ ގޮތުގައި ރޯދަމަހުގެ ފަހު ދުވަހު މާލެ ސަރަހައްދުގައި އެންމެ ބޮޑަށް ކަރަންޓު ބޭނުންކޮށްފައިވާ ވަގުތާއި މިންވަރު:
° 14:00 ގައި – 101،818 ކިލޯވޮޓުގެ ކަރަންޓު ބޭނުންކުރި
° 15:00 ގައި – 103،653 ކިލޯވޮޓުގެ ކަރަންޓު ބޭނުންކުރި
° 16:00 ގައި – 103،801 ކިލޯވޮޓުގެ ކަރަންޓު ބޭނުންކުރި. މިއީ އެންމެ ގިނައިން ބޭނުންކުރި ވަގުތު
° 18:00 ގައި – 101،999 ކިލޯވޮޓުގެ ކަރަންޓު ބޭނުންކުރި
° 21:00 ގައި – 101،008 ކިލޯވޮޓުގެ ކަރަންޓު ބޭނުންކުރި
° 22:00 ގައި – 102،617 ކިލޯވޮޓުގެ ކަރަންޓު ބޭނުންކުރި
° 23:00 ގައި – 102،385 ކިލޯވޮޓުގެ ކަރަންޓު ބޭނުންކުރި



