ކުރީގެ އަނބިމީހާއަށް ބިރުދައްކައި، ބްލެއިކްމެއިލް ކުރި ކަމަށް ބުނާ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން މިއަދު އާންމުކުކުރި ކޯޓު އަމުރެއްގައި ބުނެފައިވަނީ މި މައްސަލާގައި ހައްޔަރުކުރީ މާލެއަށް ނިސްބަތްވާ 57 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެ އަމުރުގައި ބުނެފައިވާ ގޮތުގައި، އެމީހާ ކުރީގެ އަނބިމީހާއަށް ބިރުދައްކައި ބްލެކްމެއިލް ކުރިކަމުގެ ހެކި ފުލުހުން ހުށަހަޅާފައިވެއެވެ.
އެމީހާ ހައްޔަރުކުރީ އޮރިޔާންކާޑު ގެންގުޅެ ކުރީގެ އަނބިމީހާއަށް ބިރުދެއްކި ކަމުގެ ކުށުގައެވެ.
އެމީހާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ ކްރިމިނަލް ކޯޓުން ވަނީ އޭނާ 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.



