ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޕްލެޓްފޯރމް ކަމުގައިވާ ޓީމޫ އިން ދިވެހިރާއްޖޭގައި އެ ޕްލެޓްފޯރމްގެ ޚިދުމަތްތައް ދޭން ފަށައިފިއެވެ.
ޓީމޫގެ ޚިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ހަލުވިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ޓީމޫ އިން ވަނީ މޯލްޑިވްސް ޕޯސްޓު ލިމިޓެޑާ ގުޅިގެން، ޕޯސްޓުގެ ނޭޝަންވައިޑް ޑެލިވަރީ ނެޓްވޯކް ޓިމޫގެ ޚިދުމަތަށް ބޭނުންކުރަން ފަށާފައެވެ.
މޯލްޑިވްސް ޕޯސްޓުން ބުނީ އެމެރިކާ އާ ޔޫރަޕްގައި ނަން މަޝްހޫރު ޓީމޫގެ މާކެޓްޕްލޭސް، މި ސަރަޙައްދުގެ ގައުމުތަކަށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއީ، ފާހަގަކޮށްލެވޭ ފުޅާކުރުމެއް ކަމަށެވެ.
ގިނަ އަދަދެއްގެ އުފެއްދުންތަކެއް ވާދަވެރި އަގުތަކެއްގައި އޮމާންކަމާއެކު އޮންލައިންކޮށް ޝޮޕިންގ ކުރުން ތަޖުރިބާކޮށްލުމަށް މަޝްހޫރު މި ޕްލެޓްފޯމް، މިހާރު މި ވަނީ ދިވެހި ކަސްޓަމަރުންނާ ހަމައަށް ފޯރާފައެވެ.
ޓީމޫއިން ގިނަ ބާވަތްތަކެއްގެ ރަގަޅު ކޮލިޓީގެ އުފެއްދުންތައް ވާދަވެރި އަދި ހެޔޮ އަގުތަކެއްގައި ލިބެން ހުރެއެވެ.
މީގެ ތެރޭގައި އިލެކްޓްރޯނިކްސް، ފެޝަން، ގޭގެ ސާމާނު، ޒީނަތްތެރިވުމަށް ބޭނުންކުރާ ތަފާތު އުފެއްދުންތަކާއެކު އިތުރު ގިނަ ބާވަތްތަކުގެ މުދާ މި ޕްލެޓްފޯރމުގައި ހިމެނެއެވެ.
މޯލްޑިވްސް ޕޯސްޓުން ބުނީ ޓީމޫގެ ޔޫސަރ-ފްރައިންޑްލީ އެޕް މެދުވެރިކޮށް އޯޑަރުކޮށް ފައިސާ ދެއްކުމާއި، މެދުވެރިއެއްނެތި ޝޮޕިންގ ކުރުމަށް ހުޅުވާލެވިފައިވާ މި ފަހި ފުރުސަތުގެ ތެރެއިން އޯޑަރުކުރާ ތަކެތި، ސީދާ ކަސްޓަމަރުންނާ ހަމައަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި އިތުބާރާ ޔަގީންކަމާއެކު ފޯރުކޮށްދިނުމަކީ، ޓިމޫގެ މި ޚިދުމަތުގެ އެންމެ ޚާއްޞަ ސިފަ ކަމަށެވެ.
ޓިމޫ އިން އޯޑަރ ކުރާ ތަކެއްޗަށް ފްރީ-ޝިޕންގ ލިބޭ ގޮތަށް ހަމަޖެހިފައިވާއިރު، ޝިޕިންގ ޚަރަދު ކުޑަކުރުމުގެ ގޮތުން އެއް އޯޑަރަކަށް ބައިވަރު ތަކެތި ގަތުމުގެ ބޭނުމެއް މިހާރަކު ނެތެވެ.
އޭގެ ބަދަލުގައި ހަމަޖެހިލައިގެން ބޭނުން އިރަކު ޝޮޕިންގ ކުރުމުގެ ފުރްޞަތު ޓީމޫ އިން ވަނީ ފަހިކޮށްދީފައެވެ.
ޓީމޫއާ މޯލްޑިވްސް ޕޯސްޓްގެ ސްޓްރެޓެޖިކް ގުޅުމުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޓިމޫގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ އޯޑަރުތައް ޕިކްޕޯސްޓާއި، ހޯމްޑެލިވަރީ އަދި ކައުންޓަރ ޑެލިވަރީ މެދުވެރިކޮށް އިތުބާރުހުރި ގޮތެއްގައި އަވަހަށް ލިބޭނެގޮތް ފަހިކޮށްދޭނެއެވެ.
މޯލްޑިވްސް ޕޯސްޓުން ބުނީ ދިވެހިރާއްޖޭގައި ޓީމޫގެ އޮންލައިން މާކެޓްޕްލޭސް އެއް ގާއިމްވެގެން ދިއުމަކީ، އީ-ކޮމާސްގެ ދާއިރާ ފުޅާ ކުރުމަށް އެ ޚިދުމަތުން ކުރާ މަސައްކަތުގެ ބައެއްކަމަށާއި، ޗައިނާ އާ ތައިލެންޑް އަދި އިންޑިއާ ފަދަ ގައުމުތަކުގެ އޮންލައިން ޕްލެޓްފޯރމްތަކާ ގުޅިގެން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ވެބްސައިޓް: https://www.temu.com/
އެންޑްރޮއިޑް އެޕްލިކޭޝަން:
https://play.google.com/store/apps/details?id=com.einnovation.temu&hl=en_US&gl=US&pli=1
އެޕަލް އެޕްލިކޭޝަން:
https://apps.apple.com/us/app/temu-shop-like-a-billionaire/id1641486558


