އެމްޑަބްލިޔުއެސްސީން 9 ރަށެއްގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެކަން ހަމަކޮށް އެ ކުންފުނިން ދެންމެ ކުރި ޕޯސްޓެއްގައި ބުނީ ސާފު ފެނާއި ރައްކާތެރި ނަރުދަމާ މުޅި އާބާދީއަށް ކަށަވަރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ ރަށްްރަށުގެ ޢަަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ށ.ނޫމަރާގެ މަސައްކަތް ކުރުމަށް ބޭނުންވާ އެކްސްކަވޭޓަރ ރަށަށް ގެންގޮސް، އާރ.އޯ ބިލްޑިންގް ގެ ސައިޓް ސާފުކުރުމުގެ މަސައްކަތް އެމްޑްބްލިޔުއެސްސީގެ މުވައްޒަފުން ފަށާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. އަދި ގޭގެއަށް ޚިދުމަތް ގުޅުމަށް ކުރަންޖެހޭ ސާވޭގެ މަސައްކަތް މިހާރު ޝެޑިއުލް ކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ހަމަ އެހެންމެ ށ. ބިލެތްފަހީގެ މަސައްކަތަށް ބޭނުންވާ އެކްސްކަވޭޓަރ ރަށަށް ގެންދެވި އާރ.އޯ ބިލްޑިންގ ސައިޓް ސާފުކުރުމުގެ މަސައްކަތް އެމްޑްބްލިޔުއެސްސީގެ މުވައްޒަފުން ފަށާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އެ ކުންފުނިން މިއަދު ބުނީ ނ.މިލަދޫގެ މަސައްކަތަށް ބޭނުންވާ އެކްސްކަވޭޓަރ ރަށަށް ގެންދެވި އާރ.އޯ ބިލްޑިންގް ގެ އެތެރޭގެ މަސައްކަތާއި އެކު ފެންމީޓަރުތައް އެސެމްބްލް ކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ފަށާފައިވާ ކަމަށެވެ.
އަދި ނ.މަގޫދޫގެ މަސައްކަތަށް ބޭނުންވާ އެކްސްކަވޭޓަރ ރަށަށް ގެންދެވި ގޭގެއަށް ޚިދުމަތް ގުޅުމަށް ކުރަންޖެހޭ ސަރވޭގެ މަސައްކަތާއި ފެންމީޓަރުތައް ގޭގެއަށް ގުޅުމުގެ މަސައްކަތާއި އެކު އާރ.އޯ ބިލްޑިންގް ސައިޓް ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.
ފެނާއި ނަރުދަމާގެ މަސައްކަތަށް ބ. ކުޑަރިކިލަށް މަސައްކަތް ފަށައިގަތުމަށް ބޭނުންވާ އެކްސްކަވޭޓަރ ރަށަށް ގެންދިޔުމާއެކު އާރ.އޯ ބިލްޑިންގް ގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ ކަންކަމަށް އެ ކުންފުނީގެ މުވައްޒަފުން ސައިޓަށް ގޮސްފައިވާ ކަމަށްވެސް އެ ކުންފުނިން މިއަދު ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.
އެ ކުންފުނިން މިއަދު ބުނީ އދ.ފެންފުށީގެ ފެނުގެ ނިޒާމުގެ މަސައްކަތް އަލުން ފަށައިގަތުމަށް ބޭނުންވާ އެކްސްކަވޭޓަރ އެ ރަށަށް ގެންދެވި އާރ.އޯ ބިލްޑިންގް ސައިޓު ސާފު ކުރުމުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުން ފަށާފައިވާ ކަމަށާއި މ.ރަތްމަންދޫގެ ގޭގެއަށް ޚިދުމަތް ގުޅުމަށް ކުރަންޖެހޭ މަސައްކަތްތައްތަކާއި އެކު އާރ.އޯ ބިލްޑިންގް ސައިޓް ސާފުކުރުމުގެ މަސަކަތް ފަށާފައިވާ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
އެމްޑަބްލިޔުއެސްސީގެ ޕޯސްޓުގައި އިތުރަށް ބުނީ ތ. ދިޔަމިގިލި އަދި ތ. މަޑިފުށީގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެށުމަށް އެކްސްކަވޭޓަރ ރަށަށް ގެންދެވި އާރ.އޯ ބިލްޑިންގގެ ސައިޓް ސާފު ކުރުމުގެ މަސައްކަތް އެކުންފުނީގެ މުވައްޒަފުން ފަށާފައިވާ ކަމަށެވެ.




