އދ. މާމިގިލީ ކަނދިލި މިސްކިތް ތަރިކައިގެ ރަސްމީ ލިސްޓުގައި ހިމަނަން ނިންމައިފިއެވެ.
މިކަންހާމަކޮށް ހެރިޓޭޖު މިނިސްޓްރީން މިއަދު ބުނީ އދ. މާމިގިލީ ކަނދިލި މިސްކިތް ތަރިކައިގެ ރަސްމީ ލިސްޓުގައި ހިމަނަން އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
އަދި މިއީ ވަރަށް މަތީ ފެންވަރުގެ ރީތި ހިރިގަލުގެ ފަންނީ މަސައްކަތްތަކެއް ފެންނަ މިސްކިތެއް ކަމަށް ހެރިޓޭޖު މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން ކަނދިލި މިސްކިތުމުގެ ގަލު ވަޑާމަކީ ފާހަގަކޮށްލެވޭ ތަފާތު މަސައްކަތްތަކެއްކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ކަނދިލި މިސްކިތް ތަރިކައިގެ ރަސްމީ ލިސްޓުގައި ހިމަނަން ނިންމާ ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް ވަނީ މާމިގިލީ ކައުންސިލާއެކު މަޝްވަރާކުރައްވާފައެވެ.
މި ސަރުކާރުން އަންނަނީ ދިވެހި ޤައުމިއްޔަތު ޢިއާދަކޮށް ތާރީޚީ އަސާރުތަކާއި ބިނާތައް ޙިމާޔަތްކޮށް، ޤައުމިއްޔަތު ދިރުވާ އާލާކުރުމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



