މާލޭ މަގުތަކުގެ ކާނުތައް ސާފުކުރުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މަޖީދީމަގުގެ ދެފަޅީގައިވާ ކާނުތައް ސާފުކޮށް ނިންމާލައިފިއެވެ.
ލޯކަލް ގަަވަމަންޓް މިިނިސްޓްރީން މިއަދު ބުނީ މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަޖީދީމަގުގެ ދެފަޅީގައިވާ ކާނުތައް އެއްކޮށް ސާފުކޮށް ނިންމާލާފައިވާ ކަމަށެވެ.
މަޖީދީމަގުގެ ކާނުތަށް ސާފުކޮއް ގިނަވަގުތަށް ފެންހަރުލާ މައްސަލަ ހޯދާ ރަގަޅު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ 8 މާރިޗު 2025 އިން 3 އޭޕްރީލް 2025 އަށެވެ.
ވެރިރަށް މާލޭގައި ވާރޭވެހުމުން ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ މި މަޝްރޫޢު ނިންމާލެވޭނީ ހަ މަސް ދުވަހުން ކަމަށް ލޯކަލް ގަވަމަންޓް މިިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.
މިގޮތުން މާލެ މަގުމަތީގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ނިމޭއިރު މަގުމަތީގެ ފެންބޮޑުވުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށްވެސް އެ މިިނިސްޓްރީން ހާމަކުރެއެވެ.
މާލޭގެ ކާނު ސާފުކުރުމުގެ މަސައްކަތުގެ ދަށުން މި އަހަރުގެ މިހާތަނަށް 3500 އަށްވުރެ ގިނަ ކާނު ސާފުކުރެވިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކުރެއެވެ.



