މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ޚިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެންނަން ނިންމައިފިއެވެ.
ބްލަޑް ސަރވިސަސް އިން ކުރި އިއުލާނެއްގައި ބުނީ އެޕްރީލް 6 ވަނަ ދުވަހުން ފެށިގެން އެ ސަރވިސަސްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ގަޑިތަކަށް ބަދަލު ގެންނާނެ ކަމަށެވެ.
އެޕްރީލް މަހުގެ 6 ވަނަ ދުވަހުން ފެށިގެން ހުޅުވިފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 08:00 އިން ރޭގަނޑު 21:00 އަށް ކަމަށް ބްލަޑް ސާވިސަސް އިން ބުނެފައި ވެއެވެ.
ބްލަޑް ސަރވިސަސް އިން އެ ވަގުތުތަކުގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތް:
އެޗް. ބީ ބެލުމަށް ސާމްޕަލްނެގުން
(ހޮނިހިރު – ބުރާސްފަތި)
08:00 – 20:00
ކްރޮސްމެޗް ހެދުމަށް ސާމްޕަލްނެގުން ( ހޮނިހިރު – ބުދަ )
08:00 – 20:00
ކްރޮސްމެޗް ހެދުމަށް ސާމްޕަލްނެގުން ( ބުރާސްފަތި )
08:00 – 17:45
ތެލަސީމިއާ ސްކްރީނިންގ:
08:30 – 13:00
ތެލަސީމިއާ ކާޑް ދޫކުރުން:
08:00 – 14:00
ޑޯނަރުން ގައިން ލޭ ނެގުން:
08:00 – 19:45
ޑޯނަރުން ގައިން އެފެރެސިސްކޮށް ލޭ ނެގުން:
08:00 – 19:30
ލޭ ގުޅައިދިނުން (1 ޔުނިޓް)
08:00 – 16:30
( ހުރިހާ އުމުރު ފުރައަކަށް )
ލޭ ގުޅައިދިނުން (2 ޔުނިޓް)
08:00 – 14:30
( ހުރިހާ އުމުރު ފުރައަކަށް )
ޑޮކްޓަރުން ބެއްލެވުން
08:00 – 20:30
މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ދެމުން އަންނަ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ސަރުކާރުން ވަނީ މިފަހުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.




