ބަލާދިޔަ ފޮށިގަނޑަކުން ޑްރަގް ފެނިގެން މީހަކު 20 ދުވަހަށް ބަންދުކޮށްފިއެވެ.
މި މައްސަލައިގައި ބަންދުކޮށްފައި ވަނީ 52 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ މައްޗަށް ކުރެވެނީ މަސްތުވާތަކެތި އެތެރެ ކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
އޭނާ ހައްޔަރުކުރުމަށް ނެރުނު ބަންދު އަމުރުގައި ބުނެފައި ވަނީ އޭނާ ބަލާދިޔަ ފޮށިގަނޑަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލައިގައި ތަހުގީގީ ބަޔާންތަކާއި، ހެއްކާއި ގަރީނާ ހުށަހަޅާފައިވާއިރު އޭނާ ބަަލައިދިޔަ ފޮށިގަނޑުން 800 ގްރާމަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ފެނިފައެވެ.
މީގެ އިތުރުން އެ ފިރިހެން މީހާ ބުނީ އެ ފޮށިގަނޑު ބަަލައިދިޔައިރުވެސް އޭގައި ގާނޫނާއި ހިލާފު އެއްޗެއް ހުރިކަން އޭނާއަށް އެނގޭ ކަމަށެވެ.
އެހެންކަމުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 20 ދުވަސް ޖަހާފައެވެ.




