މަޝްހޫރު ގިނަ ދިވެހި ޅެންތަކެެެއް ހެއްދެވި އައިޝަތު އަނީސް އަވަހާރަވެއްޖެއެވެ.
އައިޝަތު އަނީސް އަކީ އަލްމަރުހޫމް އަބްދުالله ހަސަން(ހޮޅުދޫ އަބްދުﷲ) ގެ އަނބިކަނބަލުންނެވެ.
އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން އައިޝަތު އަނީސް އަވަހާރަވި އިރު އުމުރުފުޅަކީ 91 އަހަރެވެ.
އައިޝަތު އަނީސްގެ މައްޗަށް ކުރާ ކަށުނަމާދު އޮތީ މިރޭ އިޝާ ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.
ގިނަ ޅެންތަކެއް ހެއްދެވި، ޅެންވެރިޔާ އައިޝަތު އަނީސް ހައްދަވާފައިވާ މަޝްހޫރު ޅެންތަކުގެ ތެރޭގައި، އިސްލާހު ވާން އެދޭނަމަ އަދި އޯ ވަޒަން ހިމެނެއެވެ.
އައިޝަތު ވަނީ މަދަރުސަތުލް ސަނިއްޔާގެ ޓީޗަރުކަމުގެ ވަޒީފާއާއި ރަޖިސްޓްރީ އޮފީހުގައި ވެސް ވަޒީފާ އަދާ ކުރައްވާފައެވެ.
އައިޝަތުގެ ގިނަ ޅެންތައް ލަވައިގެ ސިފައިގައި އާންމުންނާއި ހަމައަށް ގެނެސްދެއްވާފައި ވަނީ ފިރިކަލުން ހޮޅުދޫ އަބްދުﷲ ގެ އަޑުންނެވެ.




