އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ލީޑްސް އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސް މުޢިއްޒު ލީޑްސް ޔުނިވާސިޓީއަށް ޒިޔާރަތްކުރައްވާފައި ވަނީ އެ މަނިކުފާނު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންއެވެ.
އެ މަނިކުފާނު އެ ޔުނިވަރސިޓީއަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ އިނގިރޭސި ޕާލިމެންޓުގެ މެންބަރު އެލެކްސް ސޯބެލް އާއި ޔުނިވަރސިޓީ އޮފް ލީޑްސްގެ ޕްރޮވޯސްޓް އަދި ޑެޕިއުޓީ ވައިސް ޗާންސެލަރ ޕްރޮފެސަރ ހައި-ސުއި ޔޫ އެވެ.
ރައީސްގެ ޒިޔާރަތުގައި ރާއްޖެއާއި ޔުނިވަރސިޓީ އޮފް ލީޑްސްއާ ދެމެދު ދެމެދު އެއްބާރުލުން އިތުރުކުރުމުގެ ފުރުޞަތުތަކަށް ބައްލަވާލެއްވިއެވެ.
ރައީސް މުޢިއްޒުއަކީ 2009 ވަނަ އަހަރު ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޔުނިވާސިޓީ އޮފް ލީޑްސްގެ ކުރީގެ ދަރިވަރެކެވެ.




