ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް ޓްރޭޑިން އިލެކްޓްރިކް ކަމްޕެނީ (ސްޓެލްކޯ) އިން މިރޭ ބުނެފިއެވެ.
ސްޓެލްކޯ އިން މިރޭ ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނިން ކުރިއަށް ގެންދާ ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ޓަކައި މާދަމާ ހަވީރު ހުޅުމާލޭ ފޭސް 1 އަދި 2 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ކުޑަ ވަގުތުކޮޅަކަށް ކަނޑާލެވޭނެ ކަމަށެވެ.
ކަރަންޓު ކަނޑާލަން ނިންމާފައި ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނެއިބާހުޑް 1 އަދި 2 އިންނެވެ.
މީގެ އިތުރުން ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް 9 އަދި 16 އިންނާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ދިރާގު ސީއެލްއެސް ބިލްޑިންގުން އެ ވަގުތު ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފައި ވެެއެވެ.
އެގޮތުން އެ ސަރަހައްދުތަކުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވިރު 18:00 އިން 18:15 އަށް ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
އެ ކުންފުނިން ވަނި ކަރަންޓުގެ ޚިދުމަތް މެދުކެނޑޭ ވަގުތު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.



