އިޒްރޭލުން ޣައްޒާއަށް އަނެއްކާވެސް ދޭން ފެށި ހަމަލާތަކުގެ ސަބަބުން ކންމެ ދުވަހަކު ޣައްޒާގެ 100 އެއްހާ ކުއްޖަކު މަރުވެފައި ނުވަތަ ޒަހަމްވެފައިވާ ކަމަށް އ.ދ އިން ބުނެފިއެވެ.
ހަނގުރާމަ ހުއްޓާލަން މިއަހަރުގެ ޖެނުއަރީ މަހު ނިންމުމަށްފަހު އިޒްރޭލުން މިދިޔަ މަހު އަނެއްކާވެސް ވަނީ މި ހަމަލާތަށް ފަށާފައެވެ.
އ.ދ ގެ ޖަމިއްޔާއެއް ކަމަށްވާ އަންރްވާއިން ޣައްޒާއަަަށް ކަނޑައަޅާފައި ހުންނަ ޑިޕާޓްމަންޓުގެ ހެޑް ބުނީ، މި ހަމަލާތަކުގައި ކޮންމެ ދުވަހަކު މަދުވެގެން 100 ކުޑަކުދިން މަރުވެފައި، ނުވަތަ ޒަހަމްވެފައިވާ ކަމަށެވެ.
ޣައްޒާގައި ހުންނަ އަލް-އަހްލީ ހޮަސްޕިޓަލުގެ މެނޭޖިންގް ޑިރެކްޓަރ ބުނީ، ރޭގައި ވެސް އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން 38 މީހަކު މަރުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން މިހާރު ހޮސްޕިިޓަލު އެއްކޮށް ފުރިފައިވާ ކަމަށެވެ.




