ނިމިދިޔަ ރަމަޟާން މަހު މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑްބްލިޔުއެސްސީ) އިން ކުރިއަށް ގެންދިޔަ އެކުވެރި ރޯދަ 30 ޢުމްރާ ޕްރޮމޯޝަންގެ ތިން ނަސީބުވެރިން ހޮވައިފިއެވެމ
އެ ކުންފުނިން ބުނިގޮތުގައި މި ޕްރޮމޯޝަންގެ ގުރުއަތުގައި ބައިވެރި ކޮށްފައިވަނީ އެމް.ޑަބްލިޔު.އެސް.ސީ އެޕުން ބިލު ދައްކަވާފައިވާ، އެއްވެސް އައުޓްސްޓޭންޑިންގެއް ނެތް ފަރާތްތަކެވެ.
އެގޮތުން ގުރުއަތުން ހޮވިގެން ޢުމްރާ ދަތުރު ލިބިފައިވާ ނަސީބުވެރި ތިން ފަރަަތަކީ:
° ޝަމްރޫޒް އިބްރާހިމް / ދަފްތަރު ނަންބަރު ދރ 1672
° މުޙައްމަދު ސަރާޙް / އުދަރެސް ތ. ތިމަރަފުށި
° ޢަލީ ނާޒިމް / ގ. ރަންދެލިގެ މާލެ
އެމްޑަބްލިޔުއެސްސީން ދިވެހި ރައްޔިތުންނަށް ޚިދުމަތް ދެމުން އަންނަތާާާ މިހާރު ކާމިޔާބު 30 އަހަރު ފުރިއްޖެއެވެ.
އެ ކުންފުނި ވުޖޫދަށް އައިސްފައި ވަނީ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.
އެމްޑަބްލިޔުއެސްސީ އުފެދިގެން އައި އިރު ކުންފުނި ހިންގަމުން އައީ ޑެންމާކް ގެ މެނޭޖްމެންޓް ޓީމަކުން ކަމުގައިވީ ނަމަވެސް، މިއަދު އެމް.ޑަބްލިއު.އެސް.ސީ އަކީ 1،013 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ، %100 ދިވެހި މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާއި އެކު ހިންގަމުންދާ ފަޚުރުވެރި ކުންފުންޏެކެވެ.



