ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ކ. ގުޅީ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އަމަލީ ގޮތުން ފައްޓަވައި ދެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
މި މަޝްރޫޢުއަކީ ޖުމްލަ 89.63 މިލިއަން ރުފިޔާގެ މި މަޝްރޫއެކެވެ. އަދި މި މަޝްރޫޢުގެ ދަށުން 10.15 ހެކްޓަރުގެ ބިން ހިއްކައި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 10،962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓާއި 88 މީޓަރުގެ ގްރޮއިން ޖަހާނެއެވެ.
އެމްޓީސީސީން ފާހަގަ ކުރި ގޮތުގައި، 814 މީހުންގެ އާބާދީއެއް އޮންނަ ގުޅިއަކީ، ބިމުގެ ދަތިކަން އޮތްނަމަވެސް، ވަރަށް ރީތި ރަށެކެވެ. އަދި އެއީ ކ. އަތޮޅުގެ ގިނަ ރަށްތަކެކޭ އެއްފަދައިން ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެއްކަން ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މިހާރުވެސް ގާތްގަނޑަކަށް 15 ގެސްޓްހައުސް ހިންގާ ގުޅީގެ އެންމެ ބޮޑު އެއްދަތިކަމަކީ، ބިމުގެ ދަތުކަމެވެ.




