ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމުން މުހައްމަދު ވަހީދު ވަކިކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދެންމެ ”އެކްސް“ގައި ކުރި ޕޯސްޓެއްގައި ބުނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުގައި ހުންނެވި ހއ. ފިއްލަދޫ، މަބުސްތާނުގެ، އަލްފާޟިލް މުޙައްމަދު ވަޙީދު މިއަދު އެ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ.
އޭނާ އެ މަޤާމަށް އައްޔަންކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
މިދިޔަ ޑިސެމްބަރު މަސްތެރޭގައި ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގާ ގުޅިގެން އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއެކު އެ ކުންފުނީގެ ބޯޑު މެންބަރުން އޭރު ސަސްޕެންޑުކޮށްފައި ވެއެވެ.




