މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ މެންދުރު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން ދެންމެ ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަގުތުކޮޅަކަށް މެދު ކަނޑާލަން ނިންމާފައިވާ ކަމަށެވެ.
ކަރަންޓު ކަނޑާލަން ނިންމާފައި ވަނީ މާލެސިޓީ، ޢިއްޒުއްދީން މަގު، ސަބުދެލި މަގު، އަދި މަޖީދީ މަގު ހިމެނޭ ސަރަހަށްދުން ކަމަށް ސްޓެލްކޯ އިން ހާމަކުރެއެވެ.
ސްޓެލްކޯ އިން ބުނީ އެ ސަރަހައްދުތަކުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރު 14:00 އާއި 16:00 ދެމެދުގެ ވަގުތެއްގައި ކަމަށެވެ.
އެހެންކަމުން އެ ކުންފުނިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑޭވަގުތު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.


