ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ޝާފިއު އެ މަޤާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އިސްތިއުފާ ދެއްވާފައިވާ ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް އިސްތިއުފާ ދެއްވާފައިވާ ކަން ޝާފިއު ވަނީ އޭނާގެ ފޭސްބުކުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައެވެ.
”މަސްވެރި ސިނާއަތުގެ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ އުއްމީދުގައި މިއަދުން ފެށިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ނައިބުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ“ ޝާފިއު ވިދާޅުވެފައި ވެއެވެ.
އޭނާ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރައްވާފައި ވަނީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
ޝާފިއު އަކީ ދިވެހި މަސްވެރިންގެ ޖަމިއްޔާގެ ރައީސްގެ މަގާމްވެސް އަދާކުރެއްވި ފަރާތެކެވެ. މީގެ އިތުރުން މަސްވެރިކަމުގެ މައުލޫމާތުތައް އާއްމުންނަށް ފޯރުކޮށްދިނުމަށްޓަކައި މަސްވެރިން އެމްވީގެ ނަމުގައި އޮންލައިން ނޫހެއް ޝާފިއު ދަނީ ހިންގަމުންނެވެ.



