18 ރަށެއްގެ ސްކޫލްތަކުގެ ނުނިމިހުރި މަސައްކަތްތައް 3 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތްތަށް ހަވާލުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި މަޝްރޫއުތަށް ހިންގުމަށް ހަވާލުކޮށްފައިވާ ތިން ކުންފުންޏަކީ، އެމް.ޓީ.ސީ.ސީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި އާރު.ޑީ.ސީ އެވެ.
މަޝްރޫއުތައް ހިންގާނެ ރަށްތައް:
ހއ. މޮޅަދޫ
ހދ. ނޮޅިވަރަންފަރު
ހދ. ނޭކުރެންދޫ
ށ. ބިލެތްފަހި
ރ. އންނަމާދޫ
ރ. ދުވާފަރު
ބ. ކުޑަރިކިލު
އއ. މަތިވެރި
ތ. ގާދިއްފުށި
ގދ. ވާދޫ
ހއ. މާރަންދޫ
ކ. ގުޅި
ތ. މަޑިފުށި
ހދ. ނައިވާދޫ
ލ. މާވަށް
އއ. މާޅޮސް
އދ. ފެންފުށި
މ. ވޭވަށް
މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއެކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓައަރޑް) މުޙައްމަދު ނަޖާޙްއެވެ. އަދި އާރު.ޑީ.ސީ ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓައަރޑް) އަލީ ޒުހައިރް އެވެ. އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސޮއެ ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓައަރޑް) ޑީ.ސީ.ޕީ އަޙްމަދު ސައުދީ އެވެ.




