ކޯރާޑިއަކުން މީހަކަށް ހަމަލާ ދޭން އުޅުނު މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ 61 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ބަންދުކުރުމަށް ނެރުނު އަމުރުގައި ބުނީ މީހަކަށް ހަމަލާދޭން ކޯރާޑިއެއްގެ އިތުރުން ވަޅިއަކާއި ކަށިގަނޑެއް ވެސް ބޭނުން ކުރަން އުޅުނު ކަމަށެވެ.
ކޯޓު އަމުުރުގައި އިތުރަށް ބުނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މީހެއްގެ ހަށިގަނޑަށް ގެއްލުންވުމުގެ ފުުރުސަތު އެބައޮތް ކަމަށެވެ.
އެހެންކަމުން ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.


