އިސްލާމީ މަރުކަޒުގެ އިމާމުގެ ވެއިޓިންރޫމް ބޮޑުކޮށްދޭނެ ފަރާތެއް ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެ މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.
އެގޮތުން ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 12ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން އިއުލާނުގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް މީޓިން އޮންނާނީ މި މަހުގެ 13 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އިސްލާމީ މަރުކަޒުގައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2025 އެޕްރީލް 14 ވާ ހޯމަ ދުވަހުގެ 14:00 ކުރިން އެ މިނިސްޓްރީއަށް މެއިލް ކުރުމަށް ނުވަތަ 3020252 އާއި 3020261 ގުޅައިގެން މަޢުލޫމާތު ސާފު ކުރުމަށް ވަނީ އެދިފައެވެ.
އިސްލާމީ މަރުކަޒުގެ އިމާމުގެ ވެއިޓިން ރޫމަކީ އިމާމުން ނަމާދުކުރުމުގެ ކުރިން މަޑުކުރައްވާ ރޫމެވެ.




