މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެންޓީން ހިންގާނެ ފަރާތެއް ހޯދަން އަނެއްކާވެސް އިއުލާނުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕޮލިޓެކްނިކްގެ ކެންޓީން ހިންގައިދޭނެ ފަރާތެއް ހޯދަން އެ އިދާރާއިން ކުރިން ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށައަޅުއްވާފައި ނުވާ ކަމަށެވެ.
އެގޮތުން ޕޮލިޓެކްނިކްގެ ކެންޓީން ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން އަލުން ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ޕޮލިޓެކްނިކުން ވަނީ ކެންޓީން ހިންގަން އެދޭ ފަރާތްތަކުން 16 އޭޕްރީލް 2025 ދުވަހުގެ 13:00 ގެ ކުރީން އިޢުލާާނާއެކު އެޓޭޗް ކޮށްފައިވާ ރަޖިސްޓްރީ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް Procurement@polytechnic.edu.mv އަށް މެއިލް ކުރުމަށް އެދިފައެވެ.
ހަމައެހެންމެ މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 17 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައި ކަމަށް އެ އިދާރާއިން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.
ޕޮލިޓެކްނިކުން ބުނީ ބީލަން ހުށައެޅުމާއި ހުޅުވުމަށް ހަމަޖެހިފައިވަނީ 27 އޭޕްރީލް 2025 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި ކަމަށެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލު ކުރެވޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ކެންޓީނު ހިންގުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަ ޖެހިފައި ނުވާ ވާހަކަވެސް ޕޮލިޓެކްނިކުން ބުނެފައި ވެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ 16 އޭޕްރީލް 2025 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން procurement@polytechnic.edu.mv އަށް މެއިލް ކުރުމަށް ނުވަތަ 3002571 އާއި ގުޅުމަށް ޕޮލިޓެކްނިކުން ވަނީ އެދިފައެވެ.




