ފޯނެއް ވަގަށް ނަގައި ރުފިޔާތަކެއް އަމިއްލަ އެކައުންޓަށް ޓްރާންސްފާ ކުރި މީހަކު 5 ދުވަހަށް ބަންދުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދުއަމުރުގައިވާ ގޮތުން އެއީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ބަންދު އަމުރުގައި ބުނީ، ސާއިފް މީހެއްގެ ފޯނު ވަގަށް ނެގުމަށްފަހު އެ ފޯނުން އިތުރު އެކައުންޓަކަށް ފައިސާ ޓްރާންސްފާކޮށްފައިވާ ކަމަށެވެ.
ފުލުހުންނާ ހަވާލާދީ ބުނެފައި ވަނީ ވަގަށްނެގި ފޯނުން ފައިސާ ޓްރާންސްފާކޮށްފައި ވަނީ އޭނާގެ އަމިއްލަ އެކައުންޓަކަށްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
އެހެންކަމުން އޭނާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ.
ފޯނު ވަގަށް ނަގައިގެން އޭނާ ޓްރާންސްފާކުރީ ކިހާވަރެއްކަން ކޯޓު އަމުރުގައި ބުނެފައި ނުވި ނަމަވެސް އެނގިފައިވާ ގޮތުގައި އޭނާ ވަނީ މީހެއްގެ ފޯނު ވަގަށް ނަގައިގެން ކުޑަ ވަގުތުކޮޅެއް ތެރޭގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާ އޭނާގެ އެކައުންޓަށް ޓްރާންސްފާކޮށްފައެވެ.



