އދ. މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ކުރިއަށްގެންދިއުމަށް ބޭނުންވާ ސާމާނު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އެރަށަށް ރޭގައި ފޮނުވައިފިއެވެ.
މަހިބަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އާރްޑީސީއާއި ހަވާލު ކޮށްފައިވަނީ، 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
މިއީ ޖުމްލަ ދުވަހުގެ ތެރޭ ނިންމުމަށް ހަވާލުކުރި މަސައްކަތެކެވެ. އަދި މި މަޝްރޫޢުގެ އަގަކީ 42.7 މިލިއަން ރުފިޔާއެވެ.
މަހިބަދޫ މަގު ހެދުމުގެ މި މަޝްރޫޢުގެ ދަށުން 2.035 ކިލޯމީޓަރުގެ މަގުގައި ގާ އެތުރުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުތަކުގައި މަގުބައްތި ޖެހުން ހިމެނެއެވެ.
އެ ރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެރަށުގެ ގިނަ މަގުތަކެއްގައި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ވަނީ ގައު އަތުރާ ތަރައްޤީކޮށްފައެވެ.



