މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސަކަށް ކުރީގެ ޓީވީ ޕްރެޒެންޓަރު، ޝިފްލާ އިބްރާހީމް ހަމަޖައްސައިފިއެވެ.
2021 ވަނަ އަހަރުން ފެށިގެން ބްރޯޑްކޮމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޝިފްލާ ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަޤާމަށް ހަމަޖައްސާފައި ވަނީ މިއަދު އެވެ.
އޭނާ އެ މަޤާމަށް ހަަމަޖައްސާފައި ވަނީ ކުރިން އެ މަޤާމުގައި ހުންނެވި މުހައްމަދު ފަޒީންގެ މައްޗަށް ކުރަމުންދިޔަ ޖިންސީ ގޯނާގެ ތުހުމަތުތަކެއްގެ މައްސަލަ ބަަލަމުން ދަނިކޮށެވެ.
ޝިފްލާ އެ މަޤާމަށް ހަމަޖެއްސުމާއި ގުޅިގެން ބްރޯޑްކޮމްގެ ރައީސް ސޮފާ ޝަފީގު ވިދާޅުވީ ތައުލީމާއި ތަޖުރިބާގެ ގޮތުން މި ވަގުތު ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގައި ހުންނެވި އެންމެ ޤާބިލް އެއްބޭފުޅާ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ހޮވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ޝިފްލާ ވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއިން މާސްޓާ އޮފް އާޓްސް އިން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް ހާސިލްކުރައްވާފައެވެ.



