ރ. ހުޅުދުއްފާރު ފުޓުބޯޅަ ދަނޑު ތަަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޓާފް އެޅުމަށް ބޭނުންވާ ސާމާނު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އެ ރަށަށް ފޮނުވައިފިއެވެ.
އާރްޑީސީން މިކަންހާމަކޮށްފައި ވަނީ އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އާރްޑީސީން ކުރި ޕޯސްޓުގައި ބުނީ ހުޅުދުއްފާރުގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވާފައިވާ ކަމަށެވެ.
”އަންލޯޑް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން“ އާރްޑީސީން ބުނެފައި ވެއެވެ.
މީގެ އިތުުރުން މިހާރު އެ ތަކެތި ރަށަށް ބޭލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާރްޑީސީން ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.
ރަށްރަށުގައި ނުނިމި ހުރި މަޝްރޫޢުތަކާއި ކުރިއަށް ނުގޮސް ހުއްޓިފައި ހުރި މަޝްރޫޢުތަަށް ކުންފުނިތަކާއި ހަވާލު ކުރި އިރު ސަރުކާރުން ވަނީ އާރްޑީސީއާ 23 މަޝްރޫއެއް ހަވާލުކޮށްފައެވެ. އަދި މި މަޝްރޫޢުތައް ކުރިއަށް އޮތް ދެ އަހަރު ދުވަސް ތެރޭގައި ނިންމާ ސަރުކާރާ ހަވާލުކުުރަން އާރްޑީސީން ވަނީ އެއްބަސްވެފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުއްޓިފައި ހުރި ކުޅިވަރު މަޝްރޫއުތައް ފުރިހަމަކުރުމަކީ މި ސަރުކާޒުގެ އަމާޒެކެވެ.




