ޕައިލެޓްކަން ކިޔަވާ ދިވެހި ދަރިވަރަކު މަތިންދާ ބޯޓުގެ ބުރަފަތީގައި ޖެހި ޒަހަމްވެއްޖެއެވެ.
ޒަހަމް ވެފައިވަނީ ފިލިޕީންސްގެ އެއާވޯކްސް އޭވިއޭޝަން އެކެޑެމީގައި ތަމްރީނު ހަދަމުން އަންނަ އަބްދުލް މާނިއު އަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އޭނާއަށް ލިބުނު އަނިޔާތަކަށް މިހާރު ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ ކަމަށް ވެސް އެނގިފައިވެއެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.
މިބހާދިސާ ހިނގީ އޭނާ ދުއްވި މަތިންދާބޯޓުގެ ޕްރޮޕެލާ ބްލޭޑުގައި ޖެހިގެންނެވެ.
ފިލިޕީންސްއަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ޕައިލެޓް ޓްރެއިނިންއާއި ޑޮކްޓަރުކަންވެސް ހަދަމުން އަންނަ ގައުމެކެވެ.



