މިއަދު އިތުރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އައްޑޫސިޓީ ފޭދޫ ލިންކް ރޯޑްގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 7:29 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަންއިން ސ. ފޭދޫ އުލްފަތު / އިބްރާހިމް ސިޔާދް (36އ.) އަށް އަނިޔާވެގެން ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
ސިޔާދު ދުއްވަން އިން ސައިކަލުގައި ޖެހުނު ކާރު ދުއްވަން އިން ގދ. ފިޔޯރީ މާގޯލްޑް / މުޙައްމަދު މާހިލް މުމްތާޒް (23އ.) ވަނީ ހައްޔަރު ކޮށްފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އައްޑޫ ސިޓީ ލިންކުރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މިރޭ ނިޔާވެފައިވާއިރު، ރޭ ދަންވަރު ލ. މާންދޫ ބެންޑްގައި، ސައިކަލެއް ކޮންޓްރޯލު ނުވެގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވެސް މީހަކު ވަނީ މިއަދު ނިޔާވެފައެވެ.



