ތ. ވޭމަންޑޫގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ހިޔާކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.
ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނީ ވޭމަންޑޫގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހިޔާކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
އަދި މިވަގުތު ކުރިއަށްދަނީ އެ ސެންޓަރުގެ ތަޅުން ލެވެލްކުރުމަށް ބޭނުންވާ ވެލި އެޅުމުގެ މަސައްކަތް ކަމަށް އެ މިިނިސްޓްރީން ހާމަކުރެއެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ މި މަސައްކަތް ނިމުމާއިއެކު ތަޅުން އަޅައި، ބާކީ ހުރި މަސައްކަތްތައްވެސް ފަށާނެ ކަމަށެވެ.
ތ. އަތޮޅުގެ ހަތަރު ރަށެއްގައި މިވަގުތު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަނީ ޤާއިމްކުރަމުންނެވެ. އެއީ ތ. ކަނޑޫދޫ، ތ. ވޭމަންޑޫ، ތ. އޮމަދޫ އަދި ތ. ވިލުފުއްޓެވެ.
މިގޮތުން އެ ސެންޓަރުތަކުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާލުމަކީ ސަރުކާރުގެ އަމާޒެކެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.


