ޖިންސީ ފުރައްސާރައެއްގެ މައްސަލައެއްގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ދެ ޕްރޮސެކިއުޓަރުން ސަސްޕެންޑްކޮށްފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު: 2021/R-73) ގެ ދަށުން އެ އޮފީހުގައި އެކުލަވާލާފައިވާ ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އެ އޮފީހުގެ 2 ޕްރޮސިކިއުޓަރަކު، މައްސަލަ ބަލައި ނިމެންދެން ސަސްޕެންޑުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ސުލޫކީ ކޮމިޓީން ބަލަމުންދާ މައްސަލައަކީ ޖިންސީ ފުރައްސާރަކުރުމާއި، އެ އޮފީހުން ޤަބޫލުކޮށް ހިފަހައްޓަމުންދާ އަޙްލާޤީ މިންގަނޑާ ޚިލާފުވުމުގެ މައްސަލައެއް ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފައި ވެއެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަންޖެހޭ ބެލުންތަކެއް ހުރުމުން އެ ޚިދުމަތުންވެސް ގެންދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުން ކަމަށެވެ.


