ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުޑަހުވަދޫގެ އިތުރު މަގެއްގައި ސްޓޯރމް ވޯޓަރ ހޮޅި އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
އާރްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކުޑަހުވަދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ މަގުތަކުގެ ތެރެއިން، ދޮށިމޭނާ މަގުގައި ސްޓޯރމް ވޯޓަރ ހޮޅި އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
”އުސްގަނޑު މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން“ އާރްޑީސީން މިއަދު ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.
ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތަށް އާރްޑީސީއާއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައެވެ. މި އެއްބަސްވުމުގެ ދަށުން ކުޑަހުވަދޫގެ 5.85 ކިލޯމީޓަރުގެ މަގުތަކުގައި ތާރުއެޅުމާއެކު، ފެންހިންދާ ނިޒާމު ޤާއިމްކޮށް، އަދި މަގުބައްތި ހަރުކުރުމަށް ވަނީ ނިންމާފައެވެ.
ރަށްރަށުގައި ނުނިމި ހުރި މަޝްރޫޢުތަކާއި ކުރިއަށް ނުގޮސް ހުއްޓިފައި ހުރި މަޝްރޫޢުތަަށް ކުންފުނިތަކާއި ހަވާލު ކުރި އިރު ސަރުކާރުން ވަނީ އާރްޑީސީއާ 23 މަޝްރޫއެއް ހަވާލުކޮށްފައެވެ. އަދި މި މަޝްރޫޢުތައް ކުރިއަށް އޮތް ދެ އަހަރު ދުވަސް ތެރޭގައި ނިންމާ ސަރުކާރާ ހަވާލުކުުރަން އާރްޑީސީން ވަނީ އެއްބަސްވެފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުއްޓިފައި ހުރި މަޝްރޫއުތައް ފުރިހަމަކުރުމަކީ މި ސަރުކާޒުގެ އަމާޒެކެވެ.



