މ. މުލަކު މަގު ހެދުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
އާރްޑީސީން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޫރާނީ ހިނގުން އަދި އަމީނީމަގުގައި ދުވާރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
”މީގެ އިތުރުން އަލިކިލޭގެފާނު މަގުގައި މަގު ކޮނުމާއި ބެކް ފިލިންގްގެ މަސައްކަތް ވެސް ދަނީ ކުރަމުން.“ އާރްޑީސީން ކުުރި ޕޯސްޓުގައި ބުނެފައި ވެެއެވެ.
މުލަކު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން 6.077 ކިލޯ މީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެއެވެ. އަދި ފެންހިންދާ ނިޒާމް ގާއިމްކުރުމާއި ދުވާރު ހެދުމާއި މަގުމަތީ ނިޝާން ހަރުކުރުމާއި ސްޕީޑް ބްރޭކަރު ހެދުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.




