މާލޭގައި ހިނގި މާރާމާރީއެއްގައި، ތޫނު އެއްޗަކުން ނޭޕަލު މީހަކަށް ހަމަލާދީފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭ ކުރިކީލަ މަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ރޭގައި ހިނގި މާރާމާރީއެއް ރޭ 11:58 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ ނޭޕާލް ފިރިހެނަކަށް ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
އެމީހާއަށް އައިޖީއެމްއެޗްގައި މިހާރުވެސް ދަނީ ފަރުވާ ދެމުން ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މިމައްސަލަ ފުލުހުން ގެންދަބާު ތަހުގީގު ކުރައްވަމުންނެވެ.



