މާފުށީގައި ވައްކަންކުރި ކަމުގެ ތުހުމަތުވާ މީހެއްގެ ގަޔަށް ކުލަ ފާޓާއެއް އެޅި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
މާފުށީ ފިހާރައަކުން ވައްކަން ކުރިކަމުގެ ތުހުމަތުކޮށް ބަޔަކު ވަނީ އެމީހާ ގައިގާ އަމިއްލައަށް ކުލަ އުނގުޅުވާފައެވެ. އަދި އޭގެ އިތުރުން އެހެން މީހަކު އޭނާގެ ގަޔަށް ކުލަ ފާޓާއެއް އޮއްސާލާ މަންޒަރު ދައްކުވާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.
މީގެއިތުރުން ”މަށަކީ ވައްކަން ކުރާ މީހެއް“ ލިޔެފައިވާ ގަނޑެއްވެސް އޭނާއަަތަށް ދީފައި، މަގުމަތީގައި އޭނާ ބަހައްޓުވާފައި ހުއްޓެވެ.
ގަޔަަށް ކުލަ އަޅާ، ހަނގާ ކުރި އެމީހުން ކައިރިން އެމީހާއަށް ސަލާމަތް ވެވުނީ، ފުލުހުން އެތަނަށް ގޮސް އޭނާ ގެންދިޔުމުންނެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ވިދާޅުވީ މާފުށީގައި މީހެއްގެ ގަޔަށް ކުލަ ޖެހި މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.



