އެމެރިކާއާއެކު މަޝްވަރާކުރާ ތަނަކަށް އޮމާން ހޮވީ ކީއްވެކަން އީރާނުން ހާމަކޮށްފިއެވެ.
އީރާނުން ވަނީ ތެހެރާނާއި ވޮޝިންޓަންއާ ދެމެދު ނުސީދާ މަޝްވަރާތަކުގެ ދެވަނަ ބުރުގެ ހޯސްޓަކަށް އޮމާން ހޮވި ސަބަބު ސާފުކޮށްދީފައެވެ.
އެމެރިކާއާއެކު ތެހެރާނުން ބާއްވަން ހަމަޖެހިފައިވާ ނުސީދާ މަޝްވަރާތަކުގެ ދެވަނަ ބުރަށް ހޮވި ތަނަކާއި ބެހޭގޮތުން ކޮށްފައިވާ ސުވާލުތަކަށް އެ ޤައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއެލް ބަޣާއީ ވަނީ އަންގާރަ ދުވަހު ޖަވާބު ދެއްވާފައެވެ.
”މި ބަދަލު އައީ ސަޕޯޓާއި ކޯޑިނޭޝަނާ ގުޅުން ހުރި ކަންކަމުގެ ސަބަބުން،“ އިސްމާއެލް ބަޣާއީ ވިދާޅުވި އެވެ.
ބަޣާއީ ވަނީ ފުރަތަމަ ބޭއްވި މަޝްވަރާތަކަށް ފަހު ތެހެރާނާއި ވޮޝިންޓަނާ ދެމެދު ނުސީދާ މަޝްވަރާތަކުގެ ދެވަނަ ބުރު އޮމާންގެ މަސްކާޓްގައި އޭޕްރީލް 19 ވާ ހޮނިހިރު ދުވަހު ބާއްވާނެ ކަމަށް އިއުލާން ކުރައްވާފަ އެވެ.
އެސްމައިލް ބަޣާއީ ވިދާޅުވީ، ޑިޕްލޮމެޓިކް މަޝްވަރާތަކަށް ފަހު، އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށް އޮތް ބުރުގެ ނުސީދާ މަޝްވަރާތަކުގެ ހޯސްޓެއްގެ ގޮތުގައި އޮމާން ދެމިއޮންނާނެ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.
ބަޣާއީ މިހެން ވިދާޅުވެފައިވާއިރު ފާއިތުވި ދުވަސްތަކުގައި ޔޫރަޕާއި ސަރަހައްދީ ގައުމުތަކުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނާއި އެމެރިކާއާ ދެމެދު ނުސީދާ މަޝްވަރާތަކުގެ ދެވަނަ ބުރު ބާއްވާނީ އިޓަލީގެ ރޯމްގަ އެވެ.



