ރިސޯޓެއް ކައިރިން ކިނބުލެއް ފެނިގެން ސިފައިން ހަރަކާތްތެރި ވާން ފަށައިފިއެވެ.
އެނގިފައިވާގޮތުގައި ކިނބޫފެނިފައި ވަނީ ރީތި ރަށް ފަޅުތެރޭ އޮންނަ ވަރުބައި އެޓްމޮސްފިޔާ ރިސޯޓުގެ ވޯޓާ ވިލާތައް ކައިރިންނެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯގައި ހިލަ ތޮށިގަނޑު މަތީ 6 ވަރަކަށް ފޫޓުގެ ކިނބުލެއް އޮންނަ މަންޒަރު ފެނެއެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ ކ. އަތޮޅުގައި ހިންގާ، ވަރު ބައި އެޓްމޮސްފިޔާ ރިސޯޓުން ކިނބުލެއް ފެނިގެން ސިފައިން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.
އަދި މިހާތަނަށް ކުރި މަސައްކަތުން އެ ކިނބޫ ހިފިފައި ނުވާ ކަމަށާއި ނަމަވެސް އޭތި ހިފުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.



