ރިސޯޓެއް ކައިރިން މިއަދު ފެނުނު ކިނބޫ ހިފައި ސިފައިންގެ ބެލުމުގެ ދަށައް ގެނެސްފިއެވެ.
އެ ކިނބޫ ފެނިފައި ވަނީ ރީތި ރަށް ފަޅުތެރޭ އޮންނަ ވަރުބައި އެޓްމޮސްފިޔާ ރިސޯޓުގެ ވޯޓާ ވިލާތައް ކައިރިންނެވެ.
އެމްއެންޑީއެފުން މިއަދު ވިދާޅުވީ ކ. އަތޮޅުގައި ހިންގާ، ވަރު ބައި އެޓްމޮސްފިޔާ ރިސޯޓުން ކިނބުލެއް ފެނިގެން ސިފައިން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފް އިން މިރޭ ވިދާޅުވީ ވަރު- ބައި އެޓޮމޮސްފިއަރ ކައިރިން ފެނުނު ކިނބޫ މިހާރު ހިފައި، ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯގައި އެ ރިސޯޓުގެ ހިލަ ތޮށިގަނޑު މަތީ 6 ވަރަކަށް ފޫޓުގެ ކިނބުލެއް އޮންނަ މަންޒަރު ފެނެއެވެ.



