މިފްކޯއިން މަސްވެރިންނަށް 1.9 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މިކަންހާމަކޮށް މިފްކޯއިން ކުރި ޕޯސްޓެއްގައި ބުނީ އެ ފައިސާއަކީ 16 އޭޕްރީލް ވަނަ ދުވަހު މަސްވެރިން މިފްކޯއަށް ކިރާފައިވާ މަހުގެ އަގަށް ވާ ފައިސާ ކަމަށެވެ.
އަދި 18 އޭޕްރީލް އާ ހަަމައަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކައި ނިމިފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފައި ވެއެވެ.
މިފްކޯއިން ހިއްސާކޮށްފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި އޭޕްރީލް 16 ވަނަ ދުވަހު 37 ދޯންޏަކުން ވަނީ މަސް ކިރާފައެވެ.
މިގޮތުން އެ ދޯނިތަކަށް ޖުމްލަ 1،910،766 ރުފިޔާ މިފްކޯއިން ވަނީ ދޫކޮށްފައެވެ.
މިފްކޯ އިން 37 ދޯންޏަކަށް ފައިސާ ދޫކޮށްފައިވާކަން ހާމަކުރައްވާފައި ވާއިރު، ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވީ މަސްވެރިންގެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެއްވެސް މެދުކެނޑުމެއްނެތި މަސްވެރިންނަށް ފައިސާ ދޫކުރެވެމުންދާކަމަށާއި، މި މުއްދަތުގައި 470 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށެވެ.




