ބ. ތުޅާދޫގައި ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގުރާމުތައް ތުޅާދޫގައި ކުރިއަށް ގެންގޮސްފައި ވަނީ ތުޅާދޫ ސްކޫލާއި، މަދަދު ޖަމްޢިއްޔާ އަދި އިސްލާމިކް މިިނިސްޓްރީ ގުޅިގެން ކަމަށެވެ.
މިއީ އިސްލާމް ދީނުގެ ސައްޙަ މަޢުލޫމާތު އާއްމުންނަށް ފޯރުކޮށްދީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ތުޅާދޫގައި ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފައި ވަނީ ސްކޫލް ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި މުއައްސަސާތަކުގެ ފަރާތްތަކަށް ކަމަށެވެ.
މި ދަންފަޅިތައް ނަންގަވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ވާއިޡް އައްޝައިޚް ޢާޒިމް ޚާލިދުއެވެ.




