ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރަން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ ރޭ ބޭއްވި ހުޅުމާލޭ ހޮސްޕިޓަލުގެ އެކާވީސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.
އެގޮތުން ހުޅުމާލެ ހޮސްޕިޓަލްގެ އިމަރޖެންސީރޫމް އިތުރަށް ހަރުދަނާކޮށް ބެޑް އިތުރު ކުރުމާއި ޑައިލިސިސްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ހޮސްޕިޓަލުގެ ވޯޑަށް އެނދު އިތުރުކުރުމާއި، އޯޕީޑީ އަދި އިންޕޭޝަންޓް ޚިދުމަތް ފުޅާކުރުމަށް ރޫމް އިތުރު ކުރުމާއި، މެންޓަލް ހެލްތު އޯޕީޑީގެ ޚިދުމަތް ފުޅާކުރުން ހިމެނޭ“ މިނިސްޓަރު ނާޒިމް ވިދާޅުވެފައި ވެއެވެ.
ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫއެއް ހިންގުމަކީ މި ސަރުކާރުން ކުރަން ނިންމާފައިވާ މުހިންމު މަސައްކަތެއް ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިލަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުވައްޒަފުންނާއި، ޑޮކްޓަރުންގެ އަގުވަޒަންކޮށް ވަނީ އެވޯޑް ދީފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ދިގުމުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ.


