މާތް ވެގެންވާ މަދީނާގެ މަސްޖިދުއްނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގައި އިމާމުވެ މަޢްރިބު ނަމާދާއި ޢިޝާ ނަމާދު ކުރެއްްވުމަށް ހަމަޖެހިއްޖެއެވެ.
އެގޮތުން އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ޝައިޚް ބުދައިރު، ސަލްމާން މިސްކިތުގައި އިމާމުވެ މަޣުރިބް ނަމާދާއި ޢިޝާ ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވަނީ 23 އޭޕްރިލް 2025 ވާ ބުދަ ދުވަހު ކަމަށެވެ.
އަދި އެމަނިކުފާނު 24 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދު ކުރައްވާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މީގެއިތުރުން މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރުގެ ދެއްވާ ޙާއްސަ ދަރުހެއް 24 އޭޕްރިލް 2024 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:15 ގައި އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށާއި މި ދަރުސްގެ ތަރުޖަމާ ދެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަމުގައި ވެސް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް ބުދައިރު، މިމަހުގެ 25 ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.




