ތ. ހިރިލަންދޫގައި ޑްރައިވިންގ ލައިސަންސް ޓްރެކެއް ހުޅުވައިފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންމިނިސްޓްރީން މިއަދު ބުނީ ހިރިލަންދޫގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން 2025 އޭޕްރީލް 17 ވަނަ ދުވަހު ލައިސަންސް ދޫކުރުމުގެ ޚިދުމަތް ހިރިލަންދޫގައި ފެއްޓުމަށްޓަކައި ޓްރާސްޕޯޓު މިނިސްޓްރީގެ ޓީމެއް އެ ރަށަށް ޒިޔާރްތަކޮށް ރަށުކައުންސިލްގެ މުވައްޒަފުންނަށް ލައިސަންސް ދޫކުރުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމުވެސް ކުރިއަށް ގެންގޮސްފައިވާކަމަށް އެ މިނިސްޓްރީން ހާމަކުރެެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މި ޚިދުމަތް ހިރިލަންދޫގައި ތަޢާރަފުކުރުމާއެކު، އެ ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން A ޒޯން ލައިސަންސް ނެގުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ.
މިކަމުގެ ސަބަބުން މީގެ ކުރިން މި ޚިދުމަތް ހޯދުމަށްޓަކައި އެހެން ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ކުރިމަތިވި ތަކުލީފުތަކަށް ނިމުމެއް އަންނާނެ ކަމަށްވެސް އެ މިިނިސްޓްރީން ހާމަކުރެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މިދިޔަ ހަފްތާގެ ތެރޭގައި ގއ. ދާންދޫގައިވެސް ވަނީ A ޒޯން ލައިސަންސް ދޫކުރުމުގެ ޚިދުމަތް ފަށާފައި ކަމަށާއި މިފަދަ ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމަށެވެ.
އަދި މިކަމުން ދޭހަވަނީ ސަރުކާރުން މި ޚިދުމަތް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާކަން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކުރެއެވެ.



