ސްކޭމް މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ސްކޭމް މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުވާން ޗިޓު ރައްދުކުރެވިފައި ނުވާތީ، ތަހުގީގަށް ހާޒިރުވުމަށް އޭނާއަށް އާންމުކޮށް އަންގާ އިއުލާނުކުރާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހޯދަމުން އަންނަނީ ފަހުދު މުޙައްމަދު، 38އ މާލެ/ދަފްތަރު ނަންބަރު ދރ 416 އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް އޭނާ ހާޒިރު ކުރަނީ ސުވާލުކުރުމަށް ކަމަށެވެ.
އެހެންކަމުން މި މަހުގެ 28 ވަނަ ދުވަހުގެ 10:00 އަށް ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގް އަށް ހާޒިރުވުމަށް އޭނާއަށް ވަނީ އަންގާފައެވެ.


